Warning: Use of undefined constant REQUEST_URI - assumed 'REQUEST_URI' (this will throw an Error in a future version of PHP) in /home/customer/www/thecrimsonstore.com/public_html/wp-content/themes/elessi-theme-child/functions.php on line 74
ސްޓްރެޗް މާކް ފިލުވާލަން ބޭނުންތަ؟ މިއޮތީ ޙައްލު – My WordPress

ސްޓްރެޗް މާކް ފިލުވާލަން ބޭނުންތަ؟ މިއޮތީ ޙައްލު

ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ސްޓްރެޗް މާކް ލައިފި ނަމަ އެ ފިލުވަން ބޭނުންވާ މީހުން ގިނަ އެވެ. ސްޓްރެޗް މާކް ފަދަ ނިޝާންތަކެއް ހަށިގަނޑުގައި ހުރުމުން އެކަމާއި ގުޅިގެން ގެއްލުމެއް ނުލިބޭ ކަމަށް ވީ ނަމަވެސް އެފަދަ ނިޝާންތަކެއް ހުރުމަކީ އެއްވެސް މީހަކު ގަޔާވާ ކަމަކަށް ނުވާނެއެވެ.

ސްޓްރެޗް މާކް ލަނީ އެއްވެސް ސަބަބަކާ ހުރެ ކުއްލިއަކަށް ހަށިގަނޑު ބޮޑުވެ އަންނަ ބަދަލުތަކުންނެވެ. ހަށިގަނޑަށް އަންނަ މި ބޮޑު ބަދަލުގައި ހަންގަނޑު އެވަރަށް ނުދެމުމުން ސްޓްރެޗް މާކް ލައެވެ. މިއަށް ސްޓްރިއާ އޭ ވެސް ކިޔަ އެވެ. ސްޓްރެޗް މާކް ހަށިގަނޑުގައި ލާން މެދުވެރިވާ އެއް ސަބަބަކީ ހަންގަނޑަށް ބޭނުންވާ ވަރަށް “ކޮލަޖެން” ނުލިބުމެވެ. ކޮލަޖެން އަކީ ހަންގަނޑުގައި އިލާސްޓިކް ހުންނަ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.

ސްޓްރެޗް މާކާ އެންމެ ގިނައިން ކުރިމަތިލާންޖެހޭ އެއް ބަޔަކީ އަންހެނުންނެވެ. ބަލިވެ އިނދެ ކުއްޖާ ބޮޑުވަމުން އަންނަ އިރު ބަނޑުބޮޑުވެ ސްޓްރެޗް މާކް ލައެވެ. އަދި ބައެއް އަންހެނުން މާބަނޑު ދުވަސްވަރު ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ފައިބަރތައް ބަލިކަށިކޮށްލަ އެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ބަރުދަނަށް އިތުރުވާ ބައި ވިހެއުމަށް ފަހު ދުއްވާލުމުން ބައެއް ފަހަރަށް ސްޓްރެޗް މާކްތައް ފިލަ އެވެ. ނަމަވެސް އެއީ އެއްކޮށެއް ނޫނެވެ.

މާބޮޑަށް ފަލަވެފައި ނުވަތަ އޮބީސް ވެފައި ހުންނަ މީހުންގެ ގައިގައި ވެސް ސްޓްރެޗް މާކް ލައެވެ. ކުޑަކުދިން ކުއްލިއަކަށް ދިގުވެ ނުވަތަ ބަރުދަނަށް އަންނަ ބަދަލާއެކު ގައިގައި ލާ ސްޓްރެޗް މާކްތައް އެ ކުދިން ބޮޑުވާ ވަރަކަށް ގިނަ ފަހަރަށް ފިލަ އެވެ. އެއީ ހަށިގަނޑަށް އަންނަ ކުއްލި ބަދަލުގެ ސަބަބުން ލާ މާކްތަކެވެ.

ސްޓްރެޗްސް މާކަކީ އޭގެ ޒާތުގައި ފަސޭހައިން ފިލައިގެންދާ އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ކަހަލަ އުފެއްދުންތަކުން އެ ފިލުވައިދެއެވެ. މިގޮތުން ރާއްޖޭގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ ވިޔަފާރިއެއް ކަމުގައިވާ “ކްރިމްސަން” އިންވަނީ ސްޓްރެޗްސް މާކް ފިލުވާލާނެ ކްރީމެއް ތަޢާރަފް ކޮށްފައެވެ. ޕްރަޑަކްޓް ބައްލަވައިގަތުމަށް، ކްރިމްސަންގެ ނަންބަރު، 7876906 ނުަވަތަ މި ލިންކަށް ފިއްތަވާލައްވައިގެން ކްރިމްސަން ފޭސްބުކް ޕޭޖަށް މެސެޖް ކުރައްވާށެވެ. ޕްރަޑަކްޓް ލިބިވަޑައިގަންނަވާނީ 199 ރުފިޔާއަށެވެ.

ޑރ ޖޭމްސް ސްޓްރެޗް މާކް ކްރީމަކީ 100 އިންސައްތަ ފަތްޕިލާވެލިން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. މިގޮތުން މިޕްރަޑަކްޓް ބޭނުން ކުރުމުން، ބަނޑު، ، ކޮނޑު، ފަލަމަސްގަނޑު އަދި މީގެ އިތުރުންވެސް ސްޓްރެކް މާކް ލާފައި ހުންނަ ތަންތަނުން، އެމާކް ފިލުވައިދެއެވެ. އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް އުފައްދާފައިވާ މި ޕްރަޑަކްސް ބޭނުން ކުރުމުން ހަންގަނޑު ކުރަކިވުން ދުރުކޮށްދީ، ހަންގަނޑުގައި ލާފައި ހުންނަ ސްޓްރެޗް ލައިންތައް ދުއްވާލަދެއެވެ. އަދި ހަންގަނޑުގެ ސެލްތަކުގެ ދިރުން އަވަސް ކޮށްދީ ، ހަންގަނޑު ބާރު ޖައްސާލަދެއެވެ. މިއީ ފަލަކޮށްތިބެފައި ހިކޭ މީހުންނާއި، އަދި މާބަނޑުވުމަށްފަހު ސްޓްރެޗް މާކް ލާ މީހުންނަށްވެސް ހަމަ އެއްވަނައެވެ.

މި ކްރީމް ބޭނުން ކުރައްވާނެ ގޮތް:

އެންމެ ރަނގަޅު ނަތީޖާ ބޭނުންފުޅުނަމަ، ދުވާހަކު 3 ފަހަރު ބޭނުންފުޅު ކުރައްވާށެވެ. މިގޮތުން ނިދުމުގެ ކުރިންނާއި، ނިދާ ހޭލައިގެންނާއި މެންދުރު ފަހުގެ ވަގުތެއްގައި ބޭނުންފުޅު ކުރެއްވުން ރަނގަޅުވާނެއެވެ. މިޕްރަޑަކްޓް ބޭނުން ކުރެއްވުމުގެ ކުރިން ކްރީމް އުނގުޅައްވާތަން ރަނގަޅަށް ފެނުން ދޮވެލަންވާނެއެވެ. އަދި ކްރީމް އުނގުޅަންވާނީ ވަށްކޮށް މަސާޖް ކުރާ ކަހަލަ ގޮތަކަށެވެ. މި ކްރީމް ބޭނުން ކުރުމަށްފަހު މަދުވެގެން 30 މިނެޓް ވަންދެން ނުދޮވެ ބަހައްޓަންވާނެއެވެ. ރަނގަޅު ގޮތަކީ އެއްވެސް ވަރަކަށް ނުދޮތުމެވެ.

ޑރ ޖޭމްސް އަކީ އެމެރިކާގެ ބްރޭންޑެކެވެ. މި ބްރޭންޑް ނިސްބަތްވަނީ ކެނެޑާގައި 19 ސަތޭކައިގެ ފަހު އަހަރުތަކުގައި އެންމެ މަޝްހޫރު އެއް ބޭސްވެރިޔާ ކަމަށްވާ ޑރ.މައިކަލް އީ.ޖޭމްސްއަށެވެ. ޑރ.ޖޭމްސް ބްރޭޑްއަކީ މީގެ 38 އަހަރު ކުރިން އުފައްދަން ފެށި ބްރޭންޑެކެވެ. މި ބްރޭންޑްވަނީ ގިނަ ބައެއްގެ މެދުގައި މަޤްބޫލު ބްރޭންޑަކަށް ވެގެން ގޮސްފައެވެ.

ކްރިމްސަން އިން ވިއްކާ އިތުރު ޕްރަޑަކްޓްތައް ބަލާލުމަށް ފިއްތަވާލައްވާ!

Leave a Reply

Your email address will not be published. Required fields are marked *

Navigation
Close

My Cart

Viewed

Recently Viewed

Close

Great to see you here !

A password will be sent to your email address.

Your personal data will be used to support your experience throughout this website, to manage access to your account, and for other purposes described in our privacy policy.

Already got an account?

Categories